މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ސްކޫލްތަކަށް އެންޓެބެކްސް ސެނެޓައިޒާ ހަދިޔާ ކުރެއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް، އާއްޓޭ ނިންމަވައިފިއެވެ.

އާއްޓޭ މިކަން ނިންމެވިކަން ހާމަކޮށްފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް 10 ޖެނުއަރީ 2021 ގައި ފެށޭއިރު، ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

އާއްޓޭ ވިދާޅުވީ މާލެ ސަރަހައްދުގެ ހުރިހާ ސްކޫލްތަކަށް ސެނެޓައިޒާ ހަދިޔާ ކުރަށްވަން ނިންމެވީ ބައެއް ސްކޫލްތަކުން ސެނިޓައިޒަރ ބޭނުންވާތީ ސްކޫލް ތަކުގެ ސްޓާފުންނާއި ޓީޗަރުން ބޭނުން ކުރުމަށް ކަމަށެވެ.



"މާލޭގެ ބައެއް ސްކޫލްތަކުން ސެނެޓައިޒާ ބޭނުންވާތީ މާލޭ އަދި ހުޅުމާލެ އަދި ވިލިގިލީގެ ހުރިހާ ސްކޫލުގެ ސްޓާފް އަދި ޓީޗަރސްގެ ބޭނުމަށް އެންޓަބެކްސް 750އެމްއެލް ހޭންޑް ސެނެޓައިޒާ ހަދިޔާ ކުރަނީ." އާއްޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ކިޔެވުން ނުގެންދާތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް އާދީއްތަ ދުވަހު ސްކޫލްތައް އަލުން ހުޅުވަން ފުރަތަމަ ނިންމީ ޔޫކޭޖީން ފެށިގެން މަތީ ގްރޭޑްތަކަށެވެ. އިއްޔެ ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ފެށުމާއިމެދު ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް މިއަދު ވިދާޅުވީ ބޭބީ ނާސަރީ އާއި އަދި ނާސަރީގެ ކިޔެވުން ވެސް އާދީއްތަ ދުވަހު ފަށާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ނިމިދިޔަ 2020 ގެ ދިރާސީ އަހަރުގެ ކިޔެވުން މާލެސަރަހައްދުގައި ސްކޫލްތަކުގެ ކިޔެވުން ބޮޑުބައިގައި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށާއި ޓެލި ކްލާސް މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން