ކުރިންވެސް އޮތް ހާލަތަށް ބަދަލެއް އައިސްފައި ނުވާއިރު އަދި އަންނާކަން ވެސް އެނގިފައި ނުވާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް އަލުން އިންތިހާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ކޮމިޝަނާ ސުވާލުތަކެއް ކުރަށްވައި އިންތިހާބު އަވަސް ކުރަން ގޮވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނު އިސްލާހު ކޮށްގެން 3 އެޕްރީލްގައި އިންތިހާބު ބޭއްވިދާނެ ކަމަށެވެ. އަދި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ޚާއްސަ ގާނޫނަށް ކޮމިޝަނުން އިސްލާހުތަކެއް ހުށަހަޅާނެ ކަމަށެވެ. އަދި އެ އިސްލާހުތައް މަޖިލީހުން އަވަހަށް ފާސްކޮށްފި ނަމަ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން މަދުވެގެން 60 ދުވަހުގެ މުއްދަތު ލިބޭނެ ކަމަށް ވެސް އީސީ ޝަރީފް ވިދާޅުވިއެވެ.

އަނެއްކާވެސް އިންތިހާބު ފަސް ކުރަން ނިންމައި އަދި އިންތިހާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުން އެކަމާމެދު ސުވާލު އުފައްދަވައި އަލްހާން ވިދާޅުވީ ކުރިން ވެސް އޮތް ހާލަތައް ބަދަލެއް ނައިސް އަދި އެ ހާލަތަށް ބަދަލު އަންނާނެ އެއްވެސް ސަބަބެއް ނެތި އަނެއްކާވެސް އިންތިހާބު ފަސްކޮށް އިންތިހާބު ބާއްވާނެ ތާރީޚު ވެސް ކަނޑައެޅުމުން އެކަމާ ސުވާލު އުފަށްދަވާފައެވެ.

"‏އެޕްރީލް 3 އަކަށް އިންތިޚާބު ފަސްކުރި ސަބަބު، ދެމި އޮވެއްޖެނަމަ އަނެއްކާ، ފަސްކުރާނީތޯ؟ ސިއްހީ އިމަޖަންސީ ސަރުކާރުން އެހިސާބަށް އުވާލާނެކަމުގެ ޔަޤީންކަން ދިނީތޯ؟ ‎#އިންތިޚާބުއަވަސްކުރޭ!" ކޮމިޝަނަށް އަމާޒު ކުރަށްވައި އަލްހާން ކުރެއްވި ސުވާލު ތަކުގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ޚާއްސަ ގާނޫނުގައި އޮތް އޮތުން ބަދަލުކޮށް ތާރީޚެއް ކަނޑައެޅުމަށް އިލެކްޝަނަށް ބާރުދޭން ހުށަހަޅާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުސްވި އަހަރުގެ އެޕްރީލް މަހު ބާއްވަން އޮތް އިންތިހާބު ގަސްތުގައި ފަސް ކުރަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވެސް އަންނަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން