ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ "އަމާން ވެށި" އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށި އަމާން ވެއްޓަށް ބަދަލުކޮށްފައެވެ. އަދި ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ޖެންޑަރ މިނިސްޓްރީއިން އަންނަނީ އަމާން ވެށިތައް ތަރައްގީކުރަމުންނެވެ.
ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ "އަމާން ވެށި"އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި ކުދިންނާއެކު ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔިަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު 4 ސަރަހައްދެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކުރެވިފައިވާ "އަމާން ވެށި"އަށް ބަދަލުކޮށްފި pic.twitter.com/WrxUHvcovJ
— Ministry of Gender, Family and Social Services (@MoGFSSmv) January 6, 2021
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔިަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު 4 ސަރަހައްދެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު