ކޯވިޑް-18 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަވެއްޖެއެވެ.

ރައްޖޭގެ ޝަރުޢީ ދާއިރާގައި ފަނޑިޔާރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ މުޖުތާޒު ފަހުމީ އަވަހާރަވީ ރޭ މެންދަމުން އަލިވެ 2:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މުޖުތާޒަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބޭބޭފުޅެއް ކަމަށާއި ކޯވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީކޮށް ރޭ 2:00 ހާއިރު އަވަހާރަވެފައިވާ ކަމަށް ވިދާޅުވެ އިންތިވަނީ އެ ޚަބަރު ޓްވީޓް ވެސް ކުރަށްވާފައެވެ. އިންތި ވިދާޅުވެފައިވަނީ މުޖުތާޒަކީ އޭނާގެ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށެވެ.

މީސް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މުޖުތާޒަށް ރޯގާޖެހިވަޑައިގެންނެވީ ޗުއްޓީ ހޭދަކޮށްލައްވަން ދަރިންނާއެކު ލ. އަތޮޅަށް ވަޑައިގެން ކަރަންޓީނުގައި ހުންނަވަނިކޮށެވެ. މުޖުތާޒު ނިޔާވީ ކޯވިޑަށް ޝައްކު ކުރެވޭ އާލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް މާލެ ގެނަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ލ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް މުޖުތާޒު އިއްޔެ މާލެ ގެނައީ ހާލު ދެރަވެގެންނެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޝަރުޢީ ދާއިރާގައި 29 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރަށްވަފައިވާ އުމުރުފުޅުން 61 އަހަރުގެ މުޖުތާޒު ފަހުމީ ވަނީ ދެއަހަރެއްހާ ދުވަސް ވަންދެން ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން