ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާ ގެ ކަމަށްވާ ކެޕިޓަލް ބިލްޑިންގަށް ބަޔަކުވަދެ ކުރަމުން އެގެންދަނީ ބަޣާވާތެއް ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ކަނޑައަޅަން ސެނެޓްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކެޕިޓަލް ބިލްޑިންގަށް ވަދެގެންފައެވެ.

އެކަމަށް އިޝާރާތްކުރަައްވާ ދަައުރު ހަމަނުކުރަށްވައި ބަޣާވާތެއްގެ ސަބަބުން އިސްތިއުފާ ދެއްވި ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެޕިޓޮލް ބިލްޑިންގގައި ހިންގަމުން ގެންދާ ކަންތައްތަކަކީ ބަޣާވާތާކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތެއްގެ ސިފަތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.



"މިއީ ހަމައެކަނި އެމެރިކާގެ ޑިމޮކްރަސީއަށް ލިބޭނެ ގެއްލުމެއް ނޫން. މިއީ މުޅި ދުނިޔޭގެ މިނިވަން ޑިމޮކްރަސީއަށާއި ޑިމޮކްރަޓިކް އަސާސްތަކަށް ލިބެމުންދާ ގެއްލުމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކާ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި ބަޣާވާތަކުން ކަމަަށް ރައީސް ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން ގަބޫލުކުރެއެވެ.

ނަމަވެސް، ކޯނީ ރިޕޯޓުގައި ވާ ގޮތުން ނަމަ، ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބޯހަލާކު

10-Jan-2021

އެއްކަލަ ބޮޑު އަގަ ލަދުން ހަލާކު



ޓްރެންޑިން