ހަތިޔާރު އެޅި ސިފައިންގެ ބޭކަލުންތަކެއް
ހަތިޔާރު އެޅި ސިފައިންގެ ބޭކަލުންތަކެއް
ބައެއް ރިސޯޓުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި، ބައެއް ރިސޯޓްތަކުގައި ސިފައިންގެ ބޭކަލުން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް ބުނެފައި ވެއެވެ.

މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ރިސޯޓް ބޯއީ

10-Jan-2021

ބައެއް ރިސޯޓް ތަކުގަ އެމެރިކާގެ ސިފައިން ގާއިމްވެ އެބަތިއްބެވެ


-11

ހަޔާތް

10-Jan-2021

ދިވެހިރާއްޖެ ދެކެމުން މިދަނީ ކޮންފަދަ ބިރުވެރި ނާމާން ދުވަސްތަކެއްތޯއެވެ މީހުންގެ ހައްގުތައް ހިތައްއެރިގޮތަކަށް ނިގުޅައިގެން މީހުންގެމުދާފޭރޭ ދައުލަތެއް ފެނިފައިވެއެވެ މިއީ ސީދާ ސަދޫމުގެ ފަިޑިޔާރުން ފަދަ ފަޑިޔާރުން ތިބިދައުލަތެއް މިތަނަށް ތޫފާނެއްނުފޮނުއްމވަނީސް ރައްޔިތުން ވިސްނާފިކ



ޓްރެންޑިން