2023 ގައި ރާއްޖޭގެ ހާލަތު ވެސް އެމެރިކާ ގެ ހާލަތައް ދިއުމާއި ވަރަށް ގާތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްކުރާ ގެ ކަމަށްވާ ކެޕިޓަލް ބިލްޑިންގްގައި ކުރަމުން އެގެންދަނީ ބަޣާވާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރައްޔިތުން ނުކުމެ އެނުބައި އަނިޔާވެރި ވެރިކަން އެމެރިކާގެ ރައްޔިތުން ބަދަލު ކުރި ގޮތައް ދިވެހިން ވެސް މި ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެ ޝުޖާއުވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

"2023 ގައި ރާއްޖޭގެ ހާލަތު ވެސް އެމެރިކާ ހާލަތައް ދިއުމާއި ވަރަށް ގާތް. ރައްޔިތުން ނުކުމެ މި ނުބައި،އަނިޔާވެރި ވެރިކަން އެމެރިކާ ރައްޔިތުން ބަދަލުކުރިގޮތައް ކުރާނެ. ހަމަހިލާ އެހެނަކުން ނުވާނެއޭ ބުނެ އެމްޑީޕީން ހަޅުތާލުކޮށް، ގައުމު ހަލަބޮލި ކުރާތަން ދިވެހިން ދެކޭނެ." ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން