އަލި ޒާހިރު (ކ), އިމްރާން އަބްދުﷲ (ވ)
އަލި ޒާހިރު (ކ), އިމްރާން އަބްދުﷲ (ވ)
އަދާލަތު ޕާޓީ (އޭޕީ)ގެ ލީޑަޝިޕްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އިންތިހާބަކާ ނުލައި ހަތަރު އަހަރު ތިއްބެވި މައްސަލަ އެ ޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މި މައްސަލައިގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަދާލަތު ޕާޓީގެ ބައެއް މެންބަރުން ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަންގެ ގާނޫނީ ޓީމުން ބަލަައި ދިރާސާކުރަމުންގެންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ގޮތެއް ނިންމޭނީ ލީގަލް ޓީމްގެ ލަފާގެ މައްޗަށް ކަމަށެވެ.

އޭޕީގެ އެ ދެ މަގާމުގެ މުއްދަތު ވެސް ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެ ޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެ ޕާޓީން އިންތިހާބެއް ބާއްވާފައެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ.

ނަމަވެސް ފަހުން ޕާޓީގެ ދުސްތޫރަށް އިސްލާހެއް ގެނެސް އެ މަގާމުގައި އިމްރާނާއި އަލީ ޒާހިރު އަދިވެސް ދެމި ތިއްބެވީއެވެ.

އަދާލަތުގެ ސްލޮޓެއްގައި އިމްރާން ހުންނެވީ ދާޚިލީ ވަޒީރުގެ މަގާމުގައެވެ. އަލީ ޒާހިރަކީ ރައީސް އޮފޯހުގެ ޗީފް އޮފް ސްޓާފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން