އަލީ ނިޔާޒު
އަލީ ނިޔާޒު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

މި ބިލަކީ ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެގެ ވަގުތެއްގައި އެކުލަވާލި ބިލެކެވެ.

މަޖިލީހަށް ބިލް ހުށައެޅުއްވުމަށްފަހު، މެމްބަރު ނިޔާޒު ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތެއްގައި ބާއްވަން ބޭނުންވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދައަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ނިޔާޒު ވިދާޅުވީ، ކައުންސިލްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ވަރަށް އަވަހަށް ފާސްކޮށް ނިންމަންޖެހޭ ބިލެއް ކަމަށާއި، އެހެން ކަމުން މި ބިލު ފާސްކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ، ބިލު ފާސްކޮށް ނިމެންދެން ޖަލްސާތައް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަރީފް މިހަފުތާގައި ވިދާޅުވެފައިވަނީ، އިންތިޚާބާ ގުޅޭ ޚާއްސަ ގާނޫނު އިސްލާހުކޮށްފި ނަމަ އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހުގައި އެ އިންތިޚާބު ބޭއްވިދާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަށް އިސްލާހުތަކެއް އެ ކޮމިޝަނުން ވެސް ހުށަހަޅާނެ ކަމަށާއި، އެ އިސްލާހުތައް މަޖިލީހުން އަވަހަށް ފާސްކޮށްފި ނަމަ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން މަދުވެގެން 60 ދުވަހުގެ މުއްދަތު ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން