އިދިކޮޅު މުޒާހަރާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް
އިދިކޮޅު މުޒާހަރާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އިހުތިޖާޖުކުރަމުން އެބަ ދެއެވެ.

މި އިހުތިޖާޖު އެ ސަރަހައްދުގައި ކުރިއަށް ދަނީ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ރައީސް ޔާމިން ކޯޓަށް ހާޒިރުކޮށްފައި ވާތީއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި އިތުރު ދެދައުވާއަކީވެސް އެމްއެމްޕީއާރުސީގެ ހިޔާތާއި ގުޅުން ހުރި ދެ ދައުވާއެވެ.

އެ ދެ ދައުވާއަކީ ރ. ފުއްގިރި ކުއަޔަށް ދޫކުރުމުގައި ކުރެވުނު މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއާއި މަނީލޯންޑާ ކުރުމުގެ ތުހުމަތުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓު ސަރަހައްދަށް އިދިކޮޅު ކޯލިޝަންގެ މަދު އަދަދެއްގެ ސަޕޯޓަރުން އެއްވެފައިވާއިރު ފުލުހުން ވަނީ މުޅި އެސަރަހައްދު ބަންދުކޮށްފައެވެ. އަދި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އިދިކޮޅު ލީޑާޝިޕްގެ އިސްވެރިންވެސް ވަނީ ބެރިގޭޑް ޖަހާ ފަހަތައް ޖައްސާފައެވެ.

މުޒާހަރާގެ ބައިވެރިިން ފަހަތަށް ޖެއްސުމަށް އެސްއޯ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، ފުލުހުން ދަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން