އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބުން
އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބުން
އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްވެއްޓި، މީހަކު ތާށިވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅޭ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 19:45 ގައި ކަމަށެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހުން ކޮންޓޭނާ ހުސްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އެ ބިއްލޫރި ޝީޓްތައް ވަނީ އެމީހުންގެ ގައި މައްޗަށް ވެއްޓިފައެވެ. އަދި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަަލަށް ގެންގޮސްފައި ވާއިރު، އަނެކަކު އޮތީ ބިއްލޫރި ޕެލެޓް ދަށުވެ ތާށިވެފައެވެ. ބިއްލޫރި ތަކުގެ ދަށުގައި ތާށިވީ މީހާވެސް މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ޒަޚަމަވި ދެމީހުންގެ ޙާލު ސާފުވެފައި ނުވާއިރު، މިޙާދިސާއާއި ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން