ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ކޯވިޑް-19 އަށް 10 މީހަކު ޕޮޒިޓިވްވެ ގއ. ދެއްވަދޫ އަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ގއ.ދެއްވަދޫއިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެގޮތުން، އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ގއ. ދެއްވަދޫއިން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް ވަނީ އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި 2 އަހަރުގެ ކުއްޖާއާ އެއް ގެއެއްގައި ދިރިއުޅޭ މީހަކު ނުހިމެނޭއިރު، ހައި ރިސްކް އެކަކު ހިމެނެއެވެ. މިކަމާއި ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ނިންމައި މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވުމަށް ރަށް ވަނީ މޮނިޓަރިންއަށް ގެންގޮސްފައެވެ.

އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން އެޗްއީއޯސީން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން