އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ގާނޫނީ އިމުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ، އިންތިހާބުގެ ކަންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެއްބާރުލުން ދޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުންނަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަކީ ނުވާނެ ކަމެއް ކަމަށާއި، އިންތިހާބު ބޭއްވޭނެ ގޮތަކާއި މެދު އިލެކްޝަންސް ކޮމިޝަނުން އެޗްއީއޯސީއާ ދެ ފަހަރެއްގެ މަތިން މަޝްވަރާ ކުރި ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ބުނާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ގާނޫނުން ތަން ނުދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލު ގެނެސް އިންތިހާބު ބާއްވާނަމަ އެކަމަށް އެޗްއީއޯސީއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަޒްލާ ވިދާޅުވީ އިލެކްޝަން ކޮމިޝަނާއިއެކު އިންތިހާބުގެ ގައިޑްލައިނެއް ހެދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް ހަމައެކަނި ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.

އެކަމަކު ގާނޫނު އިސްލާހުކޮށް އިންތިހާބު ބޭއްވުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން