ރާއްޖެއަށް އަދި ޑިމޮކްރަސީ ނާންނަ ކަމަށާއި، ހަމައެކަނި ވޯޓު ލުމަށް ފުރުސަތު ލިބުމަކީ ޑިމޮކްރަސީ އަކަށް ނުވާނެ ކަމަށް، ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ، އެމެރިކާގައި އިއްޔެ ހިނގާދިޔަ ކަންތައްތަކާއި ރާއްޖޭގެ ހާލަތާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ޚިޔާލުފާޅުކޮށް ފާޑުކިޔައި އެމެރިކާއަށްވުރެ ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރާފައިވާ ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޑލ. ޝަހީދު ވިދާޅުވީ، ދިވެހިރާއްޖެއަށް އަދި ޑިމޮކްރަސީ ނާންނަ ކަމަށާއި، ޑިމޮކްރަސީ އަކީ ހަމައެކަނި ވޯޓު ލެވުމުން ފުރިހަމަވާ އެއްޗެއް ނޫން ކަމަށެވެ. އަދި، ޕާޓީތައް އުފެދުނަސް ޑިމޮކްރަސީ ފުރިހަމަ ވީނޫން ކަމުގައި ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީއެއްގައި އިންސާފާއި ހަމަހަމަކަން ނުވަތަ ރޫލް އޮފް ލޯ އާއި، އަސާސީ ހައްގުތައް ފުރިހަމަ ގޮތުގައި ލިބޭނެ ކަމަށާއި، ރާއްޖެއިން މިގޮތަށް ކަންކަން ވަމުންދާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ޑރ. ޝަހީދު މިމޭރުމުން ވާހަކަ ދެއްކެވި އިރު، ޑިމޮކްރަސީގެ ނިޒާމު ދެމެހެއްޓުމުގައި ދިވެހިރާއްޖެ މާ ބޮޑަށް ވެސް ފައްކާވެއްޖެ ކަމަށާއި، ރާއްޖެ އޮތީ ޑިމޮކްރަސީގައި އެމެރިކާ އަށްވުރެ ވެސް ކުރީގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ.
ހަބީބް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް ޓްރަމްޕަށް މިހާވަރުވާއިރު، 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫނަށް އަބްދުލް ގައްޔޫމަށް ސެލިއުޓް ކުރައްވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީގެ ދަތުރުގައި ރާއްޖެ މާބޮޑަށް ވެސް ފައްކާވެއްޖެ ކަމަށާއި، ދިވެހިންގެ ސުލޫކު މާ ފުރިހަމަ ކަމަށް ހަބީބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު