މި ފެށޭ ޓާމްގައި ޢިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް ދަރިވަރުން އަޒުމު ކަނޑައަޅުމަށް މިއަދުގެ ހުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ ޢިލްމުތަކުގެ ތެރެއިން އެންމެ ޝަރަފްވެރި އިލްމަކީ ޝަރުޢީ ޢިލްމު ކަމަށާއި އަހަރެމެންގެ ދިރިއުޅުމަށް މަންފާކުރަނިވި، އަދި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދުނިޔަވީ ތަފާތު އިލްމުތަކުގައި ކުރިއަރާ ދިޔުމަށް އިސްލާމްދީން އަމުރުކުރާ ކަމަށެވެ.

ދަރިވަރުންނަށް މައިންބަފައިންނާއި ދައުލަތުން ކުރާ ހޭދަ އާއި ތަނަވަސްކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް މިއަދުގެ ޚުޠުބާގައި ގޮވާލާފައި ވެއެވެ.

ދަރީން ތަރުބިއްޔަތުކޮށް، އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު އެދުރުންގެ އެ މަސައްކަތް އަދާކުރައްވައިގެން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

“ދަރިންނަށް ތަރްބިއްޔަތު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ އެކަމަށް ތައުރީފް ހައްގު ދައުރެކެވެ. މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާގެ ހާލަތު ހަމައަކަށް އެޅިފައި ނުވިނަމަވެސް ދަރިވަރުން ސްކޫލް މަދަރުސާ އަދި ކޮލެޖް ޔުނިވާސިޓީތަކަށް ފޮނުވައިގެން އުނގަންނައިދިނުމަކީ ވަރަށް މުހިންމުކަމެކެވެ.” ޚުޠުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނަށް ހަވާލުކޮށްދެއްވާފައިވާ ބޮޑު އަމާނާތެކަމަށާއި އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑުކުރެވިއްޖެނަމަ އެކުދިންގެ ހެޔޮދުއާގެ މަންފާ މައިންބަފައިންނަށް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

“އަޅުގަނޑުމެންގެ ދަރީންނަށް އަދަބާއި އަޚްލާޤު ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. އަދި ދެދުނިޔޭގެ ކާމިޔާބީ އާއި ފަލާހް ލިބެނިވި ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ޚުޠުބާގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން