ރާއްޖޭގެ ރިސޯޓްތަކުގައި ކޯވިޑް-19 ގެ ކްލަސްޓަރތައް އުފެދި، ކްލަސްޓަރ ތަކުގައި ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނަ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.
އެޗްއީއޯސީން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިވަގުތުވެސް ނިޔާމަ ރިސޯޓާއި، ބިޔާދޫގެ އިތުރުން ސަފާރީ އަކުން ގިނަ ޢަދަދެއްގެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބަލައި ނިޔާމަ ރިސޯޓް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެރަށުން ޖުމްލަ 14 މީހުން ޕޮޒިޓިވް ވެފައިވާއިރު، ޕޮޒިޓިވްވި 14 މީހުންގެ ތެރެއިން ފަސް މީހުންނަކީ މުވައްޒިފުންނެވެ. ދެން ތިބީ ފަތުރުވެރިންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރިސޯޓުން ފުރަތަަމަ ޕޮޒިޓިވްވީ ދެ ޓޫރިސްޓުންނާއި ފަސް މުވައްޒިފުން ކަމަށެވެ. އޭގެ ތެރެެއިން ފަސް މީހަކު ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. އަދި އަނެއް ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ޓެސްޓް ކުރުމުންނެވެ.
އޭގެ ފަހުން އެރިސޯޓުން އިތުރު ހަތް މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި ކޭސްތަކާއި ގުޅިގެން އެ ރަށުން ޖުމްލަ 86 ރެންޑަމް ސާމްޕަލް ނެގި ނަމަވެސް އޭގެ ތެރެއިން އެކަކުވެސް ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވީ މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި 26 މީހަކު ފާހަގަ ކުރެވިގެން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ރޭ ޑރ. ނަޒްލާ ވިދާޅުވީ، ބިޔާދޫ އައިލެންޑް ރިސޯޓުން 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ އެރިސޯޓުގެ މުވައްޒަފެކެވެ. މިކޭސް ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ.
އެ ކޭސްއާ ގުޅިގެން އެރިސޯޓުން 33 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން ބައްޔަށް މިހާތަނަށް 15 މީހަކު ޕޮޒިޓިވްވިއެވެ. އަދި ފަހުން އިއްޔެ އެ ރަށުން ވަނީ 71 ރެންޑަމް ސާމްޕަލް ނަގާފައެވެ. އެއީ އެރަށުގައި ބާކީތިބި މުވައްޒިފުންނެވެ. އަދި އެމީހުންގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ނަޒްލާ ރޭ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެ ރަށުގައި ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން އެމްޕަޔާ ސަފާރީންވެސް ގިނަ ބަޔަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބި އެ ސަފާރީން 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭ 22 ފަތުރުވެރިންނާއި އެ ސަފާރީގެ ދެ ފަޅުވެރިންނެވެ. ނަޒްލާ ވިދާޅުވީ އެ ހުރިހާ އެންމެންވެސް ސަފާރީގައި ތިބީ އައިސޮލޭޓް ވެގެން ކަމަށެވެ. އަދި ބިޔާދޫ އައިލެންޑް ރިސޯޓާއި ނިޔާމަ ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމަށްފަހު މި ފަހުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީން ރޭ އާންމުކޮށްފައިވާ އެންމެ ފަހުގެ ކޯވިޑް-19 ގެ މައުލޫމާތުތަކަށް ބަލާއިރުު ޓޫރިސްޓު ފެސިލިޓީތަކުގައި 132 އެކްޓިވް ކޭސް އެބަ ހުއްޓެވެ. އަދި ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،988 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13،238 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު