ރިސޯޓު މާހައުލަކީ ކަނބަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ރިސޯޓެއްގައި އިންޑިޔާ މީހަކު ހިންގީ ރޭޕެއް ނޫންކަމަށާއި ނަމަވެސް ގައިގައި އަތްލަން މަސައްކަތް ކުރި ކަމަށް ފުލުހުން ރޭގައި ބުނުމުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އިންޑިޔާ މީހަކު ދިވެހި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް މީޑިޔާތަކުން ފެތުރި ޚަބަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެ އަންހެން ކުއްޖާގެ ބަސް ހޯދާފައެވެ.
މި މައްސަލައިގައި، އާދަމް ޝަރީފް ވިދާޅުވީ، އަންހެން ކުދިން ރިސޯޓް ވަޒީފާތަކަށް ފޮނުވަން ޖެހިލުންވަނީ މިފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.
“ރިސޯޓް މާހައުލަކީ މަސައްކަތް ކުރުމަށް ރައްކާތެރި، ޚާއްސަކޮށް ޖިންސުއްލަތީފުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ” އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ރޭގައި ބުނެފައިވަނީ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށާއި ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން ވަނީ ފުލުހުން ބަލާ މިފަދަ ރޭޕުގެ މައްސަލަތަކަށް މިހާރު މިވަނީ “ރޯޔަލް ރޭޕް” ކޭސް އަށް ވީ ގޮތަށްތޯ ސުވާލުކޮށްފައެވެ. ރޯޔަލް ރޭޕް ކޭސްގެ ގޮތުގައި މީސް މީޑިއާގައި މަޝްހޫރުވެފައިވާ މައްސަލައަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއް ހުސްވި އަހަރު ފަހުކޮޅު ހިނގިކަމަށް ބުނާ ރޭޕްކޭސްއަށެވެ.

ކިޔުންތެރިންގެ ހިޔާލު