ޖިންސީގޯނާއާ ދެކޮޅު އިހުތިޖާޖެއް
ޖިންސީގޯނާއާ ދެކޮޅު އިހުތިޖާޖެއް
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ ފިރިހެނަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި ކަނބަލަކަށް ޖިންސީ ގޯނާ ކުރި ކަމަށް މީޑިއާއަށް ތިލަވެފައިވާ މައްސަލަ ރިޕޯޓް ނުކޮށް އޭނާ ފުރުވާލި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައިގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުން ފުލުހުން ރޭ ބުނެފައިވަނީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންނަމަވެސް، އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި ކަނބަލެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނަކު އަތްލާން މަސައްކަތްކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، އެ ރިސޯޓު މެނޭޖުމެންޓުން އެ މައްސަލަ ރިޕޯޓްކޮށްފައި ނެތުމުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި އެ މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި މީޑިއާގައި އެ މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ ރާއްޖެއިން ފުރާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މިމަހުގެ ތިންވަނަ ދުވަހު ފެންމަތިވި މި މައްސަލައިގެ އަޑުތައް އެންމެ ފުރަތަމަ ފެތުރުނު ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި ކަނބަލަކު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލީ އެވެ.

ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގެ އެފް އެންޑް ބީ މެނޭޖަރު އަމިތް ނަމަކަށް ކިޔާ މީހަކު، ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލަފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ރިސޯޓުގެ އެޗްއާރް ޑިރެކްޓަރަކަށް ހުރީވެސް ހަމަ އެ ގައުމުގެ މީހެއް ކަމަށްވާ އުދޭ ނަޔަކް ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

އެ މައްސަލާގައި ހިމެނޭ 19 އަހަރުގެ ދިވެހި ކަނބަލަކީ ވަޒީފާގެ ތަމްރީނު ހޯދަން ރިސޯޓްގައި މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ާއަބޫ ނިޝްޥާން

10-Jan-2021

ފިއަވަޅެއް ނުއެޅޭނެ ތަހުޤީގެއްވެސް ނުކުރާނެ އިންޑިއާއަށް ވިކިހުސްވެފާތިބި ހަރަަނކޮަރުންތަކެއް ވެރިކަމުގަ މިތިބީ



ޓްރެންޑިން