ދިވެހި ރައްޔިތުން ގަޟާ ޙާޖަތް ކުރަންވީމަ ރައީސް މުހައްމަދު ނަޝީދު ގެ ހުއްދަ ނަގަންޖެހޭ ކަމެއް އެމގިވަޑައިގެންފައިވާ ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅުއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ "މަސްތުގައި" ބަދަލުހިއްޕެވުމުގެ ރޫހުގައި މުޅި ހާޔާތް ތިޔަ ހޭދަކުރައްވަނީ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ދިވެހި ރައްޔިތުން ގަޟާޙާޖަތް ކުރަންވީމަ ރައީސް މުހައްމަދު ނަޝީދުގެ ހުއްދަ ނަގަންޖެހޭ ކަމެއް ނުދެނެހުރިން. އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލުހިއްޕެވުމުގެ ރޫހުގައި ހަޔާތެއް ތިޔަ ހޭދަކުރައްވަނީ. ރައީސް ޔާމީން މިނިވަން ކުރައްވާ ގައުމު އާރާސްތު ކުރައްވަން ފައްޓަވާ." ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޑރ. ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފްވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަޖިލިސް ރައީސް ވަނީ ފުލުހުންގެ އާ ޤާނޫނު އެކުލަވާލައި ތަސްދީޤު ކޮށްފައި ވަނިކޮށް، ޤާނޫނަށް އަމަލު ކުރަން ނުފަށަނީވެސް ފައިރޫޝަށް އިސްތިއުފާ ނުދެއްވޭނެކަމަށް ވިދާޅުވެ އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.
ޑރ. ފައިރޫޝް ވަރަށް ކުއްލި ގޮތަކަށް ފުލުހުންގެ ވަޒީފާއިން އިސްތިއުފާ ދެއްވީ ފުލުހުންގެ އާގާނޫނު ފާސްކުރުމާއި ގުޅިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ފާޑުވިދާޅުވަމުންދާ މައްސަލައިގައި ޑރ. ފައިރޫޝް ވިދާޅުވެފައިވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް މީގެ 6 މަސް ކުރިން ސިޓީ ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ފައިރޫޝް މިހާރު ވަނީ އޮސްޓްރޭލިއާ އަށް ވަޑައިގެންފައެވެ. އަދި އޭނާ ގެންދަވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގައި ލެކްޗަރާއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު