އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ފެށުމަށް، 400 މިލިއަން ޑޮލަރު ހޯއްދަވައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކުރިން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަލީ ނިޒާރު ވިދާޅުވީ، ކުރީގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އައްޑޫ ސިޓީގައި 150 މިލިއަން ޑޮލަރުގެ ޕްރޮޖެކްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫ ރައްޔިތުން ނިކަމެތި ނުކޮށްލާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ 3 އަހަރު ވެރިކަމުގައި 150 މިލިިއަން ޑޮލަރު ޕްރޮޖެކްޓް އައްޑޫގައި ވަނީ ހިންގާފައި. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އައްޑޫގެ ޕްރޮޖެކްޓްތަކަކަށް 400 މިލިއަން ޑޮލަރު ހޯއްދަވައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. އެމްޑީޕީ އައްޑޫ ރައްޔިތުން ނިކަމެތި ނުކޮށްލާނެ. އުންމީދާއިއެކު ގުޅިގެން ކުރިޔަށް." އަލީ ނިޒާރުކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައި ވާއިރު އައްޑޫގެ އެއާޕޯޓު ތަރައްގީކޮށް، ބިން ހިއްކައި، މަގު ހެދުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނީ ވެސް 400 މިލިއަން ޑޮލަރެވެ.
މި ފައިސާ ލިބިފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރަށް ދެ އަހަރު ވެފައިވާއިރު މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ފެށިފައި ނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި އައްޑޫ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެއެވެ. ދާދިފަހުން އައްޑޫގައި ބޭއްވި ފަތުރުވެރިކަމާ ބެހޭ ހަރަކާތެއްގައި އައްޑޫގެ ރައްޔިތުންގެ ޖީބަށް ވަންނާނީ ޕައުންޑް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް މަޖާޒީ ގޮތެއްގައި ވިދާޅުވުމުން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އައްޑޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮވެމެ، އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ވެގެން ނުދާ މައްސަލައިގައިވެސް އައްޑޫ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު