ގެއަކީ ޖަލުގެ މާނައިގައި ހިމެނޭ ތަނެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައިވަނީ ދައުލަތުން ހަމަހަމަ ކަމާއިއެކު މައްސަލަތަކުގައި ދައުވާ އުފުލުމާއި، ދައުވާ ކުރުމަށް އިސްކަންދޭ ކަމަށް ޕީޖީ ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެންނެވެ.

ކޯޓުން ޖަލު ހުކުމެއް އިއްވުމުން، އެހުކުމް ގޭގައި ތަންފީޒު ކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ހައިލަމް ވަނީ ޕީޖީ އަށް ރައްދު ދެއްވައިފައެވެ. ހައިލަމް އިޝާރާތް ކުރަށްވާފައި އެވަނީ ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބު ގޭގައި ހުންނެވުމުން އެކަމަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ.

"‏ކޯޓުން ޖަލަށްލުމަށް ޙުކުމް ކުރެއްވި ބަޔަކު، މުއްދަތެއް ނެތް ގޮތަށް ގެއަށް ބަދަލުކޮށް، އެކަމާ ގުޅޭ މަަޢުލޫމާތު ސިއްރުކޮށްގެން ހުރެ ހަމަހަމަކަމާއި ހާމަކަމުގެ ވާހަކަ ނުދައްކަވާށޭ!

ޤާނޫނުގައި އަދި ރަދީފުގައި ވެސް ގެއަކީ ޖަލުގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއް ނޫން." ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާއި ގުޅިގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ އަދީބު ގެއަށް ބަދަލު ކުރީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ.

އަދި އަދީބު ގޭގައި ބަހައްޓަން ޖެހެނީ ވަކި މެޝިނެއް ބޭނުންކުރަށްވައިގެން ނިދަން ޑޮކްޓަރު ލަފާދީފައިވާތީ އާއި އެ މެޝިން ޖަލު ތެރޭގައި ބޭނުން ނުކުރޭވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން