ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
30 ނޮވެމްބަރު 2020 ގެފަހުން ގއ. ދެއްވަދޫއިން އަތޮޅުތެރޭގެ އެއްވެސް ރަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގެވުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވަނީ ގއ. ދެއްވަދޫއިން 30 ނޮވެމްބަރ 2020 އަށް ފަހު އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް އަންގާފައެވެ.

މީގެ އިތުރުން 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ވަޑައިގެން ސާމްޕަލް ނެންގެވުމަށް އެ އިދާރާއިން އަންގާފައިވެއެވެ.

މީގެ އިތުރުން މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. 30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ަމައިސަން

10-Jan-2021

ހާލަތު ގޮތް ނޭގޭވަރައް ގޯސްވެފައިވާ ދަނޑިވަޅުގައި ސްކޫލްތައް ހުޅުވަން ހެޔޮ ވާނެތޯ؟ ކަމެއްގެ ޒިންމާ ނަގާ މިނިސްޓަރަކު އަދި ވެރިޔަކު 1945 ން ފެށިގެން މިއަދާ ހަމައައް މި ޤައުމުން ދެކެނީމުތޯ؟؟ ހެޔޮ ނުވާނެ 3 މަސްވަރު އަދި މަޑުކުރައްވާ!



ޓްރެންޑިން