ދުވަސްތަކަކަށް ފަހު ދަރިވަރުންނަށް ސްކޫލަށް ދެވޭގޮތް ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އައްޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައި އެތައް ދުވަހަކަށް ފަހު މިއަދު ދަރިވަރުން ސްކޫލްތަކަށް ގޮސްގެން ކިޔަވަން ފެށުމާއި ގުޅިގެންނެވެ.

"ދުވަސްތަކަކަށް ފަހު ދަރިވަރުންނަށް ސްކޫލަށް ދެވޭގޮތް ވުމަކީ ވަރަށް ބޮޑު އުފަލެއް. ހުރިހާ ހަމްދެއް ވަނީ ﷲއަށް. ހުރިހާ ދަރިވަރުންގެ ކާމިޔާބަށާއި ރައްކާތެރިކަމަށް އެދެން." ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ހުސްވި އަހަރުގެ މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލީ ޖުލައި މަހުއެވެ. އެފަހަރުވެސް މާލެ ސިޓީގައި ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދީފައިވަނީ ގްރޭޑު ހަތަކުން 12 އަށެވެ.

އަލުން ހުރިހާ ގްރޭޑް ތަކަކަށް ސްކޫލްތައް ހުޅުވާލައި މިއަދު ކިޔަވައިދޭން ފަށާއިރު އަމަލު ކުރާނީ ކޯވިޑާ ގުޅިގެން އަމަލުކުރާ އައު އާންމު އުސޫލުތަކަށެވެ. އެގޮތުން ސިންގަލް ސެޝަން އަށް، ހަފްތާއަކު ފަސް ދުވަހު ކުދިން ސްކޫލަށް ދާން ޖެހޭ ސްކޫލުތަކާއި، ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަަނަށް ކިޔަވައިދޭ ސްކޫލުތަކާއި، ކުދިންގެ ނިސްބަތުން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް ކިޔަވައިދޭނެ ޖާގަ ނެތްނަމަ ދެދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގޮސްގެން ކިޔަވައިދޭ ގޮތަށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން