ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެެވެ.

މޭޖަރ ޖެނެރަލް ޝަމާލް ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ކޯވިޑް-19 ގެ އަލާމާތްތަކެއް ހުރުމުން އިއްޔެ ޓެސްޓް ކުރުމުންނެވެ. އެކަމާގުޅިގެން މިވަގުތު ޝަމާލް ހުންނެވީ ސެލްފް އައިސޮލޭޝަންގައި މާލޭގައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މޭޖަރ ޖެނެރަލް ޝަމާލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމަނިކުފާނާއި ކޮންޓެކްޓްވި ފަރާތްތައް ކަރަންޓީން ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. އަދި މިކޭސްގެ ސަބަބުން ގިނަ އަދަދެއްގެ އެމްއެންޑީއެފް އޮފިސަރުން ވަނީ ކަރަންޓީނު ކުރެވިފައެވެ.

މިފަހުން ޝަމާލް ރާއްޖެއިން ބޭރަށް ވަޑައިގެންފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން ކޯވިޑް-19 ޖެހިގެން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 47 މީހުންނަށެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 701 ގައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން