ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ގއ. ދެއްވަދޫން އިތުރު އަށް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއާއެކު، ދެއްވަދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. މި އަށް މީހުންނަކީ މީގެ ދެ ދުވަސް ކުރިން ސާމްޕަލް ނެގި އަށް މީހުންނެވެ.

ގއ.ދެއްވަދޫއިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެގޮތުން، އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިކަމާއި ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ނިންމައި މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވުމަށް ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން އެޗްއީއޯސީން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ދެއްވަދޫއިން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފޮނަދޫ އާއި އެ ރަށާ ގުޅިފައި އޮންނަ ގަން މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ.

އެޗްޕީއޭއިން ވަނީ ދެއްވަދޫއިން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން އަންގައި ކަރަންޓީނުވުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން