ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ބަޔާކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައިވަނީ ކުރިން ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން ވަކިމައްސަލަތަކެއް ބަލަމުން ދާތީ އެކަމަށް ފާޑުވިދާޅުވެއެވެ. ސަރުކާރުން މިހާރު އެކުލަވާލާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބައެއް މައްސަލަތައް ނުބެލޭނެ ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު، ޢަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ނުބެލޭނޭ ކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ކޯޓު އަމުރަކާ ނުލައި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލަ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ތެރެއިން ނުބެލޭނަމަ، 7 ފެބްރުއަރީގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަތައް ވެސް ބެލިގެންނުވާނެ. ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާކޮށްފައި." ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ކްރިމިނަލް ކޯޓާއި 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އޯޑަރަށް އަބްދުﷲ ޤާޒީ ހައްޔަރުކޮށްގެން ގެންގޮސް ވަނީ ގިރިފުށީގައި ބަހައްޓާފައެވެ. ޢަބްދުﷲ ގާޒީ ދޫކޮށްލީ ރައީސް ނަޝީދު އިސްތިއުވާ ދެއްވި ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން