ތަފާތު މޫސުމްގައި، ތަފާތު އޮއިވަރުގައި ރައްކައުތެރިކަން ހޯދާނެ ގޮތް ބުނެދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓީގައި އިއްޔެ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނުނު ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން އެ ހާދިސާއަށް އިޝާރަތް ކުރަށްވައެވެ.



"‏ކޮންމެރަށެއްގެ ވަށައިގެން އޮޔާވައި ހިނގާ ގޮތް އަދި ރައްކާތެރިކަމާއެކު މޫދަށް އެރިއުޅޭނެ ގޮތް އެ ރަށަކާ ގުޅޭ ގޮތުން ސްކޫލުން އުނގަންނައި ދިނުން މުހިންމު. ތަފާތު މޫސުމްގައި، ތަފާތު އޮއިވަރުގައި ރައްކައުތެރިކަން ހޯދާނެ ގޮތް ބުނެދޭން ޖެހޭ." އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން (17އަހަރު) ފެނިފައިވަނީ އިއްޔެ 5:50 ހާއިރު މޫދު އަޑިންނެވެ.

ފައުޒަން ގެއްލުނީ އެކުގައި މޫދަށް އެރި އުޅުނު އިތުރު ދެ ކުއްޖަކު އޮޔާ ދަމައިގަތުމުން އެ ދެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. ފައުޒަން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން