ރައީސް ޞާލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޙްމަދު ފައުޒާން ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައިކަމަށެވެ. ރައީސް ވިދާޅުވީ، އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައިވާ ކަމަށެވެ.
ފުވައްމުލަކު މާނެރެ ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ސްކޫލުގެ ގްރޭޑް10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން (17އަހަރު) ނިޔާވެފައިވަނީ އެ ސަރަޙައްދަށް މޫދަށް އެރިއުޅުނު ދެ އަންހެން ކުދިން ގެނބެމުން ދަނިކޮށް އެކުދިން ސަލާމަތް ކުރުމަށްފަހު، އޭނާ އަށް ސަލާމަތް ވުމުގެ ފުރުސަތު ނުލިބިއެވެ.
އަޙްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައި. އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައި.
— Ibrahim Mohamed Solih (@ibusolih) January 10, 2021
އަޅުގަނޑުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ފައުޒާންގެ ކުއްލި ވަކިވުމާ ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަޙްމަދު ފައުޒާން އެންމެފަހު ވަގުތުވެސް ދައްކުވައިދިނީ، ތިމާގެ އަމިއްލަ ނަފުސަށް ވުރެ އަނެކާ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރުކަމަށެވެ.
ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަޙްމަދު ފައުޒާން އެންމެފަހު ވަގުތުވެސް ދައްކުވައިދިނީ، ތިމާގެ އަމިއްލަ ނަފުސަށް ވުރެ އެނެކާ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރު! މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި ! امين https://t.co/G1JyTEUHx9
— Faisal Naseem (@FaisalNasym) January 10, 2021
ފައުޒާން ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ ވިދާޅުވީ، އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ. އަދި ފައުޒާންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް މިނިސްޓަރ ޢާއިޝަތު ޢަލީ ވަނީ ދުޢާ ކުރަށްވާފައެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
— Aishath Ali (@aisthly) January 9, 2021
އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް. މާތް ﷲ މަރްޙޫމް ފައުޒާންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، މުޅި ފުވައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި ކަމަށެވެ.
މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި.
— Abdulla Shahid (@abdulla_shahid) January 9, 2021
މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
ފުވައްމުލަކަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވީ، ފައުޒާން ކުއްލި ގޮތަކަށް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއި އެކު ކަމަށެވެ.
Ekuveri Hassan ge dharifulhu Ahmed Fauzan kulli gothakah niyaavi khabaru adu ehee fun hithaamayaai eku. Maiy Allah maruhoomge furaanayah suvarugeyge dhaaimee niumaiy minvarukurahvaa aailaa ah keiytherikan dhehvaashi. Aameen.
— Mohamed Maleeh Jamal (@maleehjamal) January 9, 2021
ފައުޒާން ގެއްލުނީ އެކުގައި މޫދަށް އެރި އުޅުނު އިތުރު ދެ ކުއްޖަކު އޮޔާ ދަމައިގަތުމުން އެ ދެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު