އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫއަށް ބޭނުންވަނީ އާމްދަނީ ވަންނާނެ ދޮރުތައް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، އައްޑޫގައި ސްކޫލްތަކާއި ޔުނިވާސިޓީ އެބަަހުރި ކަމަށެވެ. އަދި ވިދާޅުވީ، މިހާރު އައްޑޫ ރައްޔިތުންނަށް ބޭނުންވަނީ ފައިސާ ވަންނާނެ ދޮރުތައް ކަމަށެވެ.

މީގެ މިސާލެއްގެ ގޮތުން ޝަރީފް ވިދާޅުވީ، އައްޑޫއަށް އެތެރެކުރާ ވެހިކަލްތަކުން ނަގާ ފީތައް މާފުކޮށް، އެ ތަކެތި ރީ-އެކްސްޕޯޓް ކުރުމުގެ މަގު ތަނަވަސް ކުރުމެވެ.

ޝަރީފް ވިދާޅުވީ، އައްޑޫ ވާންވީ އައްޑޫ ރައްޔިތުންގެ ވިސްނުމާއެކު ބިނާ ކުރެވޭ ވިޔަފާރީ މަރުކަޒަކަށް ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އައްޑޫ ބިނާކުރުމުގައި ސިޔާސީ ޕާޓީތަކުގެ ވިސްނުން އެއްފަރާތް ކުރަން ޖެހެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ތަކެއް ނުކުރާކަން ގިނަބަޔަކު ފާހަގަ ކުރާއިރު އައްޑޫގައި ތަރައްގީ ކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓްގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފާކަން ވެސް އައްޑޫގެ އިސް ފަރާތްތަކުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން