ފްލައިންގް ސްކޫލްގެ މައްސަލަ ސިޔާސީ ނުކުރުމަށް ވަރަށް އާދޭހާއެކު މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

ނިހާދު މިކަމަށް އެދި ގޮވާލެއްވީ އައްޑޫ ފްލައިން ސްކޫލް ނުވަތަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއައިއޭ)ގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހައްލެއް ލިބޭ މަންޒަރެއް ނުފެންނަ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ނިހާދު ވިދާޅުވީ ދައުލަތެއް އެއްވެސް ބައެއްގެ ދަށުގައި ތާށްޓެއް ނުވާނެ ކަމަށެވެ.

"ދައުލަތް އެއްވެސް ބައެއްގެ ދަށުވެ ތާއްޓެއް ނުވާނެ! ފްލައިންގ ސްކޫލްގެ މި ނާޒުކު މައްސަލަ ސިޔާސީ ނުކުރުމަށް އާދޭސްކުރަން! މި މައްސަލައަށް ސަރުކާރުން ހައްލު ހޯދާނީ! އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅައިގެންވިޔަސް ދަރިވަރުންނަށް ހައްލު ހޯދައިދެވޭނެ!" ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އައްޑޫ ފްލައިން ސްކޫލަކީ 2001 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގެ ގިނަ މައްސަލަތެއް ފެންމަތިވެފައިވާއިރު އެފަދަ ބައެއް މައްސަލަތައް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުން ނެވެ.

2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ރަޖިސްޓްރީކޮށް ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި ހިންގަމުން ގެންދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ޒިންމާދާރުކަން ކުޑަ ކަމާއި، އުސޫލުތަކާ އެއްގޮތަށް ހިންގަމުންނުދާތީ އެތަނުގައި ކިޔަވަމުން ގެންދާ ދަރިވަރުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައިތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް މައްސަލަތަކަށް އެދެވޭ ހައްލު ތަކެއް ލިބިފައިވާ ނުވާކަން އެތަނުގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ބުނެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން މިހާރު ވަނީ އެ މަރުކަޒުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކާ އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅައި އެކަން އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ާަގައުމު

13-Jan-2021

ލަދެއްގަންނަ ވެސް ނުގައްނާނެ ވިއްޔާ ޢައްނި ގެ އަޅެއް ތީ😡😡😡😡😡😡



ޓްރެންޑިން