ރ. ވާދޫ، ދިވެހިރާއްޖެ
ރ. ވާދޫ، ދިވެހިރާއްޖެ
މާލޭން ރ. އަލިފުއްޓަށް ދަތުރުކުރި މީހަކު ފައްސިވެ، އޭނާ ދަތުތުކުރި ލޯންޗުން ރ. ވާދޫއަށް ފޭބި އޭނާގެ ކޮންޓެކްޓަކާ ގުޅިގެން ވާދޫގެ ދެ ގެޔެއް މޮނިޓަރިންގގެ ހާލަތަށް ލައިފިއެވެ.

އެނގިފައިވާ ގޮތުން މާލޭން އަލިފުށްޓަށްް ދިޔަ ފަހުން ފައްސިވި މީހާއާ ވާދޫއަށް ފޭބި މީހާ ވަނީ ޕްރައިމަރީ ކޮންޓެކްޓަކަށެވެ.

މޮނިޓަރިންގ ހާލަތަށް ވާދޫގެ ދެގެޔެއް ލާފައި ވަނީ ވާދޫއަށް ފޭބި މީހާއާ ކޮންޓެކްޓް ވެފަައި ވާ މީހުން ތިބުމާ ގުޅިގެންއެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ސެކަންޑަރީ ކޮންޓެކްޓުން ރ. ވާދޫގައި ވަރަށް ގިނައިން އެބަ ތިއްބެވެ.

މި ގޮތުން މީގެ ތެރޭގައި ވާދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި ފެނަކައިގެ މުވައްޒަފުން ވެސް ހިމެނެއެވެ.

އޭނާގެ ސާމްޕަލް ނަގަައި މިއަދު މާލެ ފޮނުވާފައިވާ ކަމަށް ވާދޫ ސިއްހީ މަރުކަރުން މަޢުލޫމާތު ދެއެވެ.

"2021 ޖެނުއަރީ 05 ވަނަ ދުވަހު މާލެއިން ރ. އަތޮޅަށް " ހޯޕް ފެރީ" ގައި ދަތުރު ކުރި ފަރާތެއް ކޮވިޑް-19 އަށް ފައްސި ވެފައިވާތީ، އެފަރާތުގެ ޕްރައިމަރީ ކޮންޓެކްޓުން ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.

މޮނިޓަރިންގެ ހާލަތުގައި ވަނީ ރ. ވާދޫ "ޝާހީ" އާއި ރ.ވާދޫ " ކުދީނާގެ" އެވެ. ވީމާ މި ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ." ވާދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ވެއެވެ.

މިފަހަކުން މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކްލަސްޓަރއެއް ވަރަަށް ބޮޑަށް ފުޅާގެ ރާއްޖޭގެ އެކި ކަންކޮޚުތަކުމް އެ ކްލަސްޓަރގެ ކޭސްތައް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން