ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ސަން ސިޔާމް އޮޅުވެލި ރިސޯޓުން 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން މިއަދު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ރިސޯޓުން ޕޮޒިޓިވްވި އެންމެންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ.

އެ ރިސޯޓުގެ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ އެ ރިސޯޓުގެ ތިން މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން މީހެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެއާއެކު އެ ރިސޯޓުން މިހާތަނަށް ޖުމުލަ 24 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެކަމާގުޅިގެން އެ ރިސޯޓުން މިހާތަނަށް 167 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 23 މީހެއްގެ ސާމްޕަލް ނަތީޖާ ނުލިބިވާ ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއްވިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،159 އަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13،365 މީހުންވަނީ ބަލިން ރަނގަޅު ވެފައެވެ. މިބަލީގައި ރާއްޖެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން