ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ހޯދަމުންއައި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަ ނުދިނުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ގިނަ ޢަދަދެއްގެ ފަތުރުވެރިން މިވަގުތުވެސް ދަނީ ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީސް ތަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ނަމަވެސް އެޗްއީއޯސީން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި، މިވަގުތުވެސް އޮޅުވެލި ރިސޯޓާއި، ނިޔާމަ ރިސޯޓާއި، ބިޔާދޫގެ އިތުރުން އެމްޕަޔާ ސަފާރީން ގިނަ ޢަދަދެއްގެ ފަތުރުވެރިން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެކަމާގުޅިގެން މިނިސްޓަރ މައުސޫމް ވަނީ، އެޗްޕީއޭ އާއި ފަތުރުވެރިކަމުގެ ގައިޑްލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. މައުސޫމް ވިދާޅުވީ ރައްކާވެތިބިއްޔާ ދަތުރު ކަމަށެވެ.

"އެޗު.ޕީ.އޭ އާއި ޓޫރިޒަމްގެ ގައިޑުލައިންތަކަށް އަކުރުން އަކުރަށް ފިލިން ފިއްޔަށް އަމަލުކުރަމާތޯ. ހޯއްދެވި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދެމާތޯ." މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.



މިނިސްޓަރ މައުސޫމް ވަނީ އެންމެހާ ފަރާތްތަކުން ކޯވިޑް-19ގެ މި ނާޒުކު ޙާލަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށާއި އުފުއްލަވަމުން ގެންދަވާ ތަކުލީފަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

އެޗްއީއޯސީން ރޭ އާންމުކޮށްފައިވާ އެންމެ ފަހުގެ ކޯވިޑް-19 ގެ މައުލޫމާތުތަކަށް ބަލާއިރުު މިވަގުތު ޓޫރިސްޓު ފެސިލިޓީތަކުގައި 152 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެއެވެ. އަދި މުޅި ރާއްޖޭގައި ބަލިޖެހިފައިތިބި 719 މީހުން ތިބިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ފަރުވާދެމުން ގެންދަނީ 52 މީހުންނަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން