ވަރު އައިލެންޑް ރިސޯޓް
ވަރު އައިލެންޑް ރިސޯޓް
ވަރު އައިލެންޑް ރިސޯޓްގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އަނދަައި ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 ހާއިރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަނީ ވަރު އައިލެންޑް ރިސޯޓަށް ދަތުރު ކޮށްފައި ކަމަށެވެ.

އަދި ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަޔަރމަނުން ކުރި މަސައްކަތުން ރޭ ފަތިހު 05:39 ހާއިރުއެވެ.

މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ރިސޯޓްގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން