އައްޑޫ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށް މަސައްކަތް ނުކުރުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ގޮވާލައްވައިފިއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި، އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތް ކައުންސިލެއް އައްޑޫގައި އޮވެއްޖެނަމަ، އައްޑޫ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމްޑީޕީ މޭޔަރާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅިވިގެންދާނެކަމަށެވެ.

ރައިސް ނަޝީދުގެ މި ބަސްފުޅަށް ރަށްދު ދެއްވަމުން ޝުޖާއު ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވިއިރު މިހާރު ވެސް އައްޑޫ ސިޓީ ގައި ހުންނެވީ އައްޑޫގެ މޭޔަރެއް ކަމަށެވެ.

"މިހާރު ވެސް އައްޑޫ ސިޓީގައި ހުންނެވީ އެމްޑީޕީ މޭޔަރެއް. އޮތީ އެމްޑީޕީ ކައުންސިލެއް. އެޖެންޑާ 19 އިން މަޖިލިސް މެމްބަރުން އެމްޑީޕީއަށް ކޮސްގޮވަން ނުހައްދަވާ. އައްޑޫ ސިޓީ ރައްޔިތުންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ނުކުރައްވާ. އައްޑޫ ސިޓީ ރައްޔިތުންނަށް ތިޔަ ވިދާޅުވާ ވައުދުތައް އެނގިއްޖެ." ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އައްޑޫގެ މޭޔަރުކަމާއި ކައުންސިލު އެމްޑީޕީއަށް ލިބިއްޖެނަމަ މުޅި ދުނިޔެއާ އައްޑޫ ގުޅިގެން ހުޅުވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ޝުޖާއު ވިދާޅުވި ފަދައިން މިހާރުވެސް އައްޑޫގެ މޭޔަރަކީ އެމްޑީޕީގެ މެންބަރެކެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އައްޑޫގައި ފުލުހުންގެ އެކަޑެމީ ބިނާކޮށްފައިވަނީ ބިން ބޭނުންކުރުމުގައި އެކަށީގެންވާ މިންވަރަށް ނުވިސްނާ ކަމަށާއި އަދި މިހާރު އެތަނަކީ ތަޢުލީމީ މުއައްސަސާއެއް ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން