ދެއަހަރު ތެރޭގައި ސަރުކާރަށް ހެދުނު މާލޭގެ ހަމައެކަނި މަގުގައި ފެންބޮޑުވުމުން މިފަހަރު ކިޔަންވީ ސޯލިހްވުންތޯ ނުވަތަ ޝިފާވުންތޯހޭ ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ސަރުކާރަށް ހަޖޫ ޖައްސަވައިފި އެވެ.
މި ސަރުކާރުން މާލޭގެ މަގުތައް ހެދުމަށް ފެށި މަޝްރޫޢުގެ ދަށުން މިހާތަނަށް ހެދުނު ކަނބާއައިސާރަނި ހިނގުމުގައި ފެންބޮޑު ނުވާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް މިގޮތަށް ބުނެ ކުރީ ސަރުކާރަށް ފާޑު ކިޔަމުން ދަނިކޮށް މިއަދު މާލެއަށް ކުރި ވިއްސާރައިގައި އެމަގުގައި ވަނީ ފެންބޮޑުވެފައެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝިޔާމު ވިދާޅުވީ ޑރ. މުޢިއްޒު ކަންކުރެއްވި ގޮތަށް އެ ދުވެލީގައި މި ސަރުކާރަށް ކަންކަން ހިންގަން ނޭނގޭ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
"ގުޑް މޯނިންގް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު.
ކަނބާ އައިސާރަނި ހިނގުން 100 މީޓަރާއި ހަމަނުވާ ތަންކޮޅެއްގައި 1 ކިލޯމީޓަރު މަގު ހެދޭ ފައިސާ ހަރަދުކުރި. މިއަށް ކިޔާނީ ސޯލިހުވުންތޯ ނޫނީ ޝިފާވުންތޯ އަޅުގަނޑަކަށް ނޭނގެ. ޔަގީނުންވެސް ޑރ މުއިއްޒު ކަންކުރެއްވި ގޮތަށް އެސްޕީޑްގައި މި ސަރުކާރަކަށް ނޭނގެ ކަންކަން ކުރާކަށް." ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން އިއްޔެވަނީ ދެ އަހަރު ތެރޭގައި މި ސަރުކާރުން މާލޭގައި ހިންގި މަގު ހެދުމުގެ ހަމައެކަނި މަޝްރޫޢުގެ ކާމިޔާބީ އިހުތިފާލުކޮށް މީސްމީޑިޔާގައި ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. އަދި މި މަގުގައި ވާރޭ ވެހުނަސް ފެންބޮޑުނުވާ ކަމަށް ވިދާޅުވެ ކުރީސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު