ޖިންސީގޯނާއާ ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން
ޖިންސީގޯނާއާ ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން
އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ބުނާ މައްސަލައެެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، ސެންޓަރަލް ޑިވިޝަން (ދ. ފ. އަދި މ.) އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، މި މައްސަލަ ހުށަހަޅާފައި ވަނީ ރޭ 20:30 ހާއިރު ކަމަށެވެ.

އަނިޔާލިބޭ ފަރާތަކީ ކުޑަކުއްޖަކަށް ވާތީއާއި އާންމު އުސޫލުން އަނިޔާ ލިބޭ ފަރާތްތައް ރައްކާތެރިކުރުމަށްޓަކާ ވަނަވަރު އެނގިދާނެ އެެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ނުކުރާ ފަދައިން މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހަމައެހެންމެ، މިހާތަނަށް މި މައްސަލައިގަައި މީހަކު ހައްޔަރުކޮށްފައިވާކަމެއް ވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެެއްވެސް ވަނީ އެރަށަށް ގޮސްފައެވެެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެރަށަށް ދިޔަ އެހެެން ރަށެއްގެެ ބޯޓެއްގެ ކެޕްޓަނެވެ.

މި ފަހަކަށްއައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި މި ފަދަ މައްސަލަތައް އެންމެ އެދެވޭ ގޮތެއްގައި ނުބެލޭކަނާ ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން