ވިދިވިދިގެން ހަތް އަހަރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކުރެއްވި ކަމަކީ އެޅި ފްލެޓްތައް ޕާޓީގެ އިސްވެރިންގެ އައުލާދުންނަށް ބަހައިލުންކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ފާޠިމަތު ދިޔާނާ ސަޢީދު، ޑރ. މުޙައްމަދު މުޢިއްޒަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ދިޔާނާ މިހެން ވިދާޅުވީ ޑރ. މުޢިއްޒު އިއްޔެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ރައްދުދެއްވި ޑރ.މުޢިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ގުޅިފަޅުގައި ޕޯޓު އެޅުމުގެ ބަދަލުގައި އެ ރަށަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ މަންޒިލަކަށް ހެދުމަށް އަދިވެސް ވަގުތު ފާއިތުނުވާކަމަށެވެ. އަދިވެސް ސަރުކާރުން ބޭނުންނަމަ ޕޯޓް އެޅުން ތިލަފުށްޓަށް ބަދަލުކުރެވޭނެކަމަށާއި، މާލޭ ރައްޔިތުންގެ ޙައްޤުގައި މިކަން ކޮށްދެއްވަން ސަރުކާރަށް އާދޭސް ދަންނަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މި ވާހަކަތަކުގެ ރައްދުގައި ދިޔާނާ ވިދާޅުވީ ވިދިވިދިގެން ހަތް އަހަރު ހައުސިން މިނިސްޓަރުކަން ޑރ. މުޢިއްޒު ކުރެެއްވިއިރު، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވަން ކުރެއްވި އެއްކަމެއް ވެސް ނެތްކަމަށެވެ. އަދި އަމިއްލަޔަށް ރޯ ހައުސް ގަނެ، އެޅި ފްލެޓްކޮޅު ވެސް ޕާޓީގެ އިސްވެރިންގެ އައުލާދުންނަށް ބަހައިލުން ނޫން އެއްކަމެއް ވެސް ނުކުރައްވާކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކެމްޕޭން ވަޢުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ. މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެމީހުން ގޮވާލަމުންދަނީ އެމްޑީޕީގެ ލީޑަރޝިޕުން ވަޢުދުވެފައިވާ ފަދައިން މާލޭ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ދޫކުރުމަށެވެ. ބެލެވޭ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވާ މުޢިއްޒު އެ އިޝާރާތް ކުރަށްވަނީ މި ހަރަކާތުގެ ބައިވެރިންގެ ގޮވާލުމާ އެއްގޮތަށް ގުޅިފަޅުން ގޯތި ދޫކުރުމަށެވެ.
ނަމަވެސް މުޢިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ގުޅިފަޅުގެ ބިމަކީ މީހުން ދިރިއުޅުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ތަނެއް ނޫންކަމަށެވެ.

Antharees vedhaane; vidhividhigen 7 aharu Housing Minister kan Muizzu kurevvi iru, Male rayyithunnah boahiyaavahikan hoaddhavaadhevvan kurevvi ehkamehves neiy.
— Dhiyana 🎈?🌹 (@dhiyanasaid) January 13, 2021
Amillayah raw house gane, elhi flat kolhuves partyge iss veringe aulaadhunnah bahaalun noon ehkamehves nukuravvaa. https://t.co/2Yw9eblibs
މި ވާހަކަތަކުގެ ރައްދުގައި ދިޔާނާ ވިދާޅުވީ ވިދިވިދިގެން ހަތް އަހަރު ހައުސިން މިނިސްޓަރުކަން ޑރ. މުޢިއްޒު ކުރެެއްވިއިރު، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވަން ކުރެއްވި އެއްކަމެއް ވެސް ނެތްކަމަށެވެ. އަދި އަމިއްލަޔަށް ރޯ ހައުސް ގަނެ، އެޅި ފްލެޓްކޮޅު ވެސް ޕާޓީގެ އިސްވެރިންގެ އައުލާދުންނަށް ބަހައިލުން ނޫން އެއްކަމެއް ވެސް ނުކުރައްވާކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކެމްޕޭން ވަޢުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ. މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެމީހުން ގޮވާލަމުންދަނީ އެމްޑީޕީގެ ލީޑަރޝިޕުން ވަޢުދުވެފައިވާ ފަދައިން މާލޭ ރައްޔިތުންނަށް ގުޅިފަޅުން ގޯތި ދޫކުރުމަށެވެ. ބެލެވޭ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވާ މުޢިއްޒު އެ އިޝާރާތް ކުރަށްވަނީ މި ހަރަކާތުގެ ބައިވެރިންގެ ގޮވާލުމާ އެއްގޮތަށް ގުޅިފަޅުން ގޯތި ދޫކުރުމަށެވެ.
ނަމަވެސް މުޢިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ގުޅިފަޅުގެ ބިމަކީ މީހުން ދިރިއުޅުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ތަނެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު