ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ އަށް މީގެ ދުވަސްކޮޅެއް ކުރިން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ކޯވިޑް-19 އަށް ވެކްސިން ޖެއްސެވުމަށް ފުރުސަތު ލިބިވަޑައިގެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރައްވާ ދޫކޮށްލެއްވިކަން “ރަސް އޮންލައިން” އަށް ކަށަވަރު ވެއްޖެއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "ރަސް އޮންލައިން" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ދުބާއީގައި ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޞާލިހް ބޭނުންފުޅުވެވަޑައިނުގެންނެވި ސަބަބަކީ މިހާތަނަށް އައިއިރުވެސް ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ލިބިފައި ނުވާތީއެވެ.
މިކަން ރައީސް ޞާލިހުގެ އަރިހުގައި ދުބާއީއަށް ވަޑައިގެންނެވި ބޭފުޅަކު ވެސް މި ނޫހަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙުގެ އަރިހުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނަމަވެސް ކުއްލި ގޮތަކަށް ރައީސް ޞާލިހް ދުބާއީއަށް ވަޑައިގެންނެވީ ކޮވިޑްގެ ދިފާޢީ ވެކްސިން ޖައްސަވަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އަޑުފަތުރާފައެވެ. ދުބާއީގައި ވެކްސިން ޖައްސަވަން ފުރުސަތު ވެސް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެފުރުސަތު އެމަނިކުފާން ބޭނުން ނުކުރެއްވީ ދިވެހި ރައްޔިތުންނަށް ވެކްސިން ނުލިބެނީސް ވެކްސިން ނުޖައްސަވަން ވެގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކޮވިޑް ވެކްސިންގެ ކޮންމެވެސް މިންވަރެއް މިމަހުގެ ފަހުކޮޅު ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގައި އެކުވެރި ދައުލަތެއްގެ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ދުބާއީގައި ދެމުން އަންނަނީ ޗައިނާގެ ސިނޮވެކް ކުންފުނިން އުފެއްދި ކޯވިޑް-19 ވެކްސިނެވެ.
ޖެނުއަރީ މަހުގެ 03ގައި ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ރަސްމީ ގެކޮޅުގައިރަސްމީ ބައްދަލުވުމެއް ބާއްވަވާފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ބަލީގެ ހާލަތު ރަނގަޅުކުުމަށް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެހެން ޤައުމުތަކާ ގުޅިގެން ޔޫއޭއީ އިން ކުރަމުންދާ މަސައްކަތްތައް ރައީސް ޞާލިހް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޔޫއޭއީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަައްވާ އެ މަސައްކަތަށް ރައީސް ޞާލިހް ތައުރީފް ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު