ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ރަހުނު ކުރުމާބެހޭ ސިޓީ ލީކްވި މައްސަލައިގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

މުންދު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްގެ ގޮތުގައި ބަހައްޓަން ފިނޭންސް މިނިސްޓްރީގެ ދަށަށް އެ އިމާރާތް ރަޖިސްޓްރީ ކުރަން އެދިވަޑައިގެން އެ މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީ ލީކުވެ އެ ސިޓީއާ އެކީ އޭނާ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

"ރައީސް ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް ރައީސް މުހައްމަދު ނަޝީދު އަގު ކުރެއްވި ވަރާއި ދައުލަތައް ފައިސާ ބޭނުންވެގެން އެތަން ރަހުނުކުރަން ސަރުކާރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީީރު އަގު ކުރެއްވި ވަރު ތަފާތުކަން އެނގުނީ ފިނޭންސް މިނިސްޓްރީން ގަސްތުގައި ލީކް ކޮށްލި ޑޮކިއުމެންޓުން. ވައި މުންދު؟" މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މުންދު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައީސް އޮފީހަށް ފޮނުވި ސިޓީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލީކްވެފައިވާއިރު އެ ސިޓީއާ ގުޅިގެން މީގެ ކުރިން ވެސް އޭނާ އެއް ފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށާއި ކޮންމެ ގޮތަކަށް އެ ސިޓީ ލީކުވެފައިވީ ނަމަވެސް ގާނޫނު އަސާސީއާއި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.



އަދި ކުރައްވާ ޓްވީޓެއް ނޫނީ މީސް މީޑިއާގެ ޕޯސްޓަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަަމަށް ވެސް މުންދު ވަނީ ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު


0

ބޮޑުގޮހޮޑާ

16-Jan-2021

ކަންކަމައް ކުފޫހަމަނުވާ ތަނެއްދޮރެއް ނުދަންނަ މީހުން ނައް މިނިސްޓަރުކަމާ ކަންތައްތައް ދިނީމަ އަތައްވެސް ގޮވާނެ ދެންއެކަމުގެ ރުޅި އެހެންމީހުނައް ބޭލިއަސް.


-7

ައައްޔު

16-Jan-2021

މިއޮތީ ވާކަމެއް އަޅެ ފިނޭންސް މިނިސްޓްރީ ނުވަތަ ރައީސް އޮފީހުން މިދެތަނުން ލީކުވީ ކުއްވެރިވީ މުންދު އެހެންނޫނަސް ދައުލަތުގެ ސިއްރެއް އާއްމު ނުކުރާހިނދު ޤާނޫނީގޮތުން ކުއްވެެރިވާނެ އެއްވެސް ޤާނޫނެއް މިވުޖުދުގައިނެއް. ދެން ޤާނޫނު ހިނގަނީވެސް މޮޅަށޭދޯ ޔާމީނުގެ ދައުރުގައި ޓެރަރިޒަމް އިބޫގެ ދައުރުގައި މަނީލޯންޑަރިން ސާބަހޭ މިއޮތީވާ ޤައުމެއް



ޓްރެންޑިން