ގއ. ދެއްވަދޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ގއ. ދެއްވަދޫ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ފެތުރި އުފެދިފައިވާ ބޮޑެތި ކްލަސްޓަރތަކުގެ ތެރެއިން ދެއްވަދޫ ކްލަސްޓަރ އިން 52 މީހުން ޕޮޒިޓިވެވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ކޯވިޑް-19 ގެ ކްލަސްޓާތަކާއި ބެހޭ މައުލޫމާތުތައް ހިއްސާކުރައްވަމުން ކޮންޓެކްޓް ޓްރޭސިން ކްލަަސްޓާގެ ހެޑް އައިމިނަތު އަރޫޝާ ވިދާޅުވީ، ދެއްވަދޫ ކްލާސްޓާއާ ގުޅިގެން 23 ޑިސެމްބަރުން ފެށިގެން މިހާތަނަށް 52 ކޭސްއެއް ރިޕޯޓުކުރެވިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެއްވަދޫއިން 43 މީހުން، ލ. ފޮނަދޫގައި 4 މީހުން އަދި ގއ. ދާންދޫއިން ދެ މީހުންނާއި، ގއ. ވިލިގިލިން އެކަކާއި، ހުޅުމާލެއިން ދެ މީހުން ކަމަށް އަރޫޝާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން މިހާތަަނަށް ވަނީ 750 ސާޕަލެއް ނަގާފައެވެ. އަރޫޝާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް ފާހަގަކުރެވުނުއިރު އޭގެ ތެރެއިން 101 މީހުންނަކީ ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންކަމަށެވެ.

ދެއްވަދޫގެ ކްލަސްޓާއާއި ގުޅިގެން މިއަދު ދާންދޫއިން ކޮވިޑް ކޭސްއެއް އަނެއްކާވެސް ފެނި އެޗްޕީއޭ އިން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދެފަ އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީނުގައި ތިބުމަށް އެދިފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެއްވަދޫން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވާއިރު، އެޗްޕީއޭ އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެއްވަދޫއަށް ދަތުރުކުރި މީހުން ކަރަންޓީނުވުމަށް އަންގާފަ އެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެރަށަށް ދިޔަ މީހުން ހޯދަން ވެސް އެޗްޕީއޭ އިން އާންމުކުރި އެވެ. މީގެ އިތުރުން އެ ކްލަސްޓަރ އާއި ގުޅިގެން ގއ. ވިލިނގިއްޔާއި، ދާންދޫ މޮނިޓަރިންގެ ޙާލަތުގައި އޮތްއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން