ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ޝީ ބިލްޑިންގ ގައި މިދިޔަ ޑިސެމްބަރ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފުލާގެ ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހުންގެ ޢަދަދު 100 އަށް އަރައިފިއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރަށްވަމުން ކޮންޓެކްޓް ޓްރޭސިން ކްލަަސްޓާގެ ހެޑް އައިމިނަތު އަރޫޝާ ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށެވެ. އޭގެތެރެއިން 68 މީހުންނަކީ ކަައިވެނި ޕާޓީއަށް ގޮސްފައިވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުންުު ދެން ޕޮޒިޓިވް ވެފައިވާ 30 މީހުންނަކީ ޕާޓީއަށް ދިޔަ މީހުންނާ އެއް ގެއެއްގައި ދިރިއުޅޭ މީހުން ކަމަށާއި، އަނެއް ދެ މީހުންނަކީ ޕޮޒިޓިވްވި މީހުންގެ މަސައްކަތު މާހައުލުން ޕޮޒިޓީވްވި މީހުންކަމަށް އަރޫޝާ ވިދާޅުވިއެވެ. މިހާތަނަށް އެ ކްލަސްޓާއާއި ގުޅުންހުރި 300 މީހަކު ހޯދައި ވަނީ ކަރަންޓީން ކޮށްފައެވެ. އަދި އެ ކްލަސްޓަރ އާއި ގުޅިގެން 401 ސާމްޕަލް ވަނީ ނަގާފައެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ކައިވެނި ހަފްލާއަށް ހައި ރިސްކް މީހުންވެސް ގޮސްފައިވާ އިރު، އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުން 1676 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

އެޗްޕީއޭއިން ވަނީ ކައިވެނި ޕާޓީތަކާއި، މީހުން ގިނައިން އެއްތަނަކަށް ޖަމާވެގެން ކުރިއަށް ގެންދާ ޙަފަލާތައް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ މިންގަނޑުތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،325 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 896 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން