ލ.ފޮނަދޫން ހަތަރު މީހަކު ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން އެރަށާއި، އެއަތޮޅު ގަން މޮނިޓަރިންގެ ހާލަތައް ލުމަށްފަހު އެމީހުންގެ ކޮންޓެކްޓްތަކުން ނެގި ހުރިހާ ސުންކުތައް ކޯވިޑް-19އަށް ނައްސި ވެއްޖެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ 12 ޖަނަވަރީ ދުވަހު ގަމާއި ފޮނަދޫން ރެންޑަމްކޮށް ނެގި ހުރިހާ ސުންކުތަކެއް ވެސް ނައްސިވެފައިވާ ކަމަށެވެ. އަދި ބުނީ ގަމުން ޖުމުލަ 263 ސުންކު އަދި ފޮނަދޫން ޖުމުލަ 125 ސުންކު ނަގައި ކޯވިޑް-19އަށް ޓެސްޓް ކޮށްފައި ވާ ކަމަށެވެ.
ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތައް ގެނައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފޮނަދޫން ކޯވިޑް-19އަށް ފައްސިވެފައި ވަނީ ގއ. ދެއްވަދޫން ފޮނަދުއަށް ދަތުރުކުރި އާއިލާއެއްގެ މެންބަރުންތަކެކެވެ.
ގަމާއި ފޮނަދޫން ނެގި ސުންކުތައް ނައްސިވުމުން ދެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާނެ ކަމަށް ކުރިން ކައުންސިލުން ބުނެފައި ވެއެވެ. ނަމަވެސް އަދި ދެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލިކަން ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.
ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 43 މީހުން ދެއްވަދޫން ފައްސިވެފައިވާއިރު ލ. ފޮނަދޫއިންވަނީ 4 މީހުން ފައްސިވެފައެވެ. އަދި ގއ.ދާންދޫއިން 2 މީހުން އެއަތޮޅު ވިލިނގިލިން އެކަކު އަދި ހުޅުމާލެއިން 2 މީހުން ވަނީ ފައްސިވެފައެވެ.
ގއ. އަތޮޅު ތެރޭގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަމުން އަންނަ ކޮއިމަލާ-4 ނަމްބަރު ފެރީ ގައި މިމަހުގެ 9 އަކުން ފެށިގެން ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެނގުމަށާ، އެމީހުން އަމިއްލައަށްވެސް މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަށާއި އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ގއ. އަތޮޅުގައި މިހާރު ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވުމާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން މިދަނޑިވަޅުގައި މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޗްއީއޯސީން ބާރުއަޅައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރު ޢާއްމުގޮތެއްގައި ހުއްޓުމަކަށް ގެނެވިފައިވީނަމަވެސް ޢާއްމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައްވަނީ ލުއިވެސް ކޮށްފައެވެ.
ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދިޔުމުގައި ހަމައެކަނި އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު