އެމްޑީޕީ އަކީ ހޮޅުއަށީގައި ވާހަކަ ދައްކަން ވަރަށް މޮޅު ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމާއި ގުޅިގެން އެމްޑީޕީއަށް ދެއްވި ރައްދެއްގައެވެ.
މިފަހަކަށް އައިސް މާލޭ މީހުންނަށް ބޯހިޔާވަހިލަން ހޯދައިދިނުމާއި މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގައި މުޢިއްޒު ޚިޔާޔާލުފާޅު ކުރަމުންގެންދަވާ މައްސަލަތަކުގައި އެމްޑީޕީގެ ބައެއް މެންބަރުން މުޢިއްޒާ ޖަދަލު ކުރަށްވައި ރަށްދު ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދާދިފަހުން މުޢިއްޒު ފާޅުކުރެއްވި އެފަދަ ޚިޔާލުފުޅެއްގައި ގުޅިފަޅުން މާލޭމީހުންނަށް ގޯތި ދިނުމާ ބެހޭ ގޮތުން ފާޅު ކުރެއްވި ޚިޔާލަކަށް އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް މުޢިއްޒަށް އަމާޒުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
މިފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ ވާހަކަދައްކަން ވަރަށް މޮޅު ޕާޓީއެއްކަމަށާއި އެކަމަކު ކަންކަން ތަންފީޒު ކުރުމުގައި ވަރަށް ފަހަތުގައި އުޅޭ ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީ އަކީ ހޮޅުއަށީގައި ވާހަކަ ދައްކަން ވަރަށް މޮޅު ޕާޓީއެއް. ކަންކަން ތަންފީޒު ކުރަންވީމަ ނިކަން ފަހަތުފަޔަށް ބަރުވާނެ. އަތްލެވޭ ތަރައްގީއަކީ އެމްޑީޕީ ދަންނަ އެއްޗެއް ނޫން. އެމްޑީޕީގެ ކެންޑިޑޭޓުން މިސާލަކަށް ބައްލަވަންވީ މާލެ ސިޓީ މޭޔަރ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ޑރ މުއިއްޒު." ޝިޔާމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހަމަ މިމައުޟޫގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ. މުއިއްޒު ހަނުހުންނަވައިގެން މާލެއަށް ކޮށްދެއްވި ޚިދުމަތަށް އެކަނި ބެލިޔަސް، މާލޭގެ މޭޔަރުކަމުގެ މަޤާމަށް މުއިއްޒު އާއި ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތްފުނާއަޅައިގެން ހޯދިޔަސް ނުފެންނާނެ ކަމަށެވެ.
ޑރ މުއިއްޒު އަށް ކުރެވޭ ތުހުމަތުތަކަށްް އިދިކޮޅުންްްް ދަނީ ރައްދު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު