ކުށްކުރި އިންޑިޔާ މީހާއަށް ގާނޫނުގައިވާ އަދަބު ދިނުމަށް ފަހުގައި ނޫނީ އޭނާ ޑީޕޯޓް ނުކުރުމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.
ދީދީ މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ ރައްޔިތަކު ހައްޔަރުކުރުމާއި ގުޅިގެން އޭނާއަށް އަދަބު ނުދީ ރާއްޖެއިން ޑީޕޯޓްކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކާއި ގުޅިގެންނެވެ.
"މި ހާދިސާއާއި ގުޅިގެން ކުށްކުރި އިންޑިއާ މީހާއަށް މި ގައުމުގެ ގާނޫނުގައިވާ އަދަބު ދިނުމަށްފަހު ނޫނީ ޑީޕޯޓް ނުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން." ޕީޖީ ޝަމީމް އަދި އެމްސީ ހަމީދު ޓެގް ކުރައްވާ، ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވެއެވެ.
ދާދިފަހުން ރިސޯޓެއްގައި ދިވެހި އަންހެނެއްގެ ގައިގައި ނުރުހުމުގައި އަތްލާން އުޅުނު ކަމަށް ބުނާ އިންޑިއާ މީހެއްގެ މައްސަލައެއް ފެންމަތިވުމުން އެމައްސަލަ ނުބަލައި ޖެހިގެން އައި ދުވަހު އޭނާ ވަނީ ރާއްޖެއިން ފޮނުވާ ލާފައެވެ. އެފަހަރު އޭނާ ފުރުވާލި ކަމަށް ވަނީ އޭނާ މަސައްކަތް ކުރާ ރިސޯޓުގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު