ބިއްލޫރި ޕެލެޓެއްގެ ދަށުވި މީހާ ނެގުމުގެ މަސައްކަތްކުރަނީ
ބިއްލޫރި ޕެލެޓެއްގެ ދަށުވި މީހާ ނެގުމުގެ މަސައްކަތްކުރަނީ
އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ދަށުވި މީހާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް (27އ) އެވެ.

ކޮންޓެއިނާއަކުން ބިއްލޫރި ޝީޓްތަކެއް ހުސްކުރުމަށް މަސައްކަތް ކުރަނިކޮށް ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެކެއްގެ ދެ ފައި ބިނދި އިތުރު އަނިޔާ ލިބިފައިވާއިރު އޭނާ ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

މި ހާދިސާގައި އަނިޔާވެ، ނިޔާވި އާސިމްގެ އާއިލާ އިން ކުރިން ބުނެފައި ވަނީ ބިއްލޫރިތައް ދަށުގައި އާސިމް ތާށިވެގިނައިރުތަކެއް ވުމުގެ ސަބަބުން އޭނާގެ ހުންްކޮށި ފަޅައިގެން ގޮސް ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭފައިބަމުންދާ ކަމަށެވެ. އަދި ބުނީ އަތުގެ އުޅަބޮއްޓާއި ކުޑަހުޅާއި، އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

މި މަހުގެ 7 ވަނަ ދުވަހު އެމްޕީއެލް ސަރަހައްދުގައި ދެ މީހުން މަސައްކަތް ކުރީ ކޮންޓޭނަރަކުން ޕެލެޓް، ފޯކްލިފްޓުގެ އެހީގައި ބާލާށެވެ. އެކަމަކު ބިއްލޫރިގަނޑު ނަގަން އުޅެނިކޮށް އެ ވެއްޓުނީ، އޭރު ކޮންޓޭނަރު ތެރޭގައި ތިބި ދެ މީހުންގެ ގައި މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން