ޝަރުތު ހަމަނުވާ ކަމަށް ބުނެ ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބާތިލު ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ކެނޑިޑެސީ ބާތިލު ކޮށްފައިވަނީ ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމުން ކުރިމަތިލި ހަސަން މޫސާގެ ކެނޑިޑެސީއެވެ.
މިކަމާ ގުޅިގެން، އިލެކްޝަން ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.
ހަސަން މޫސާއަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އެކޮމިޝަނުން ކަނޑައަޅައިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާއާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ.
އީސީން ހަސަން މޫސާގެ ކެނޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެނޑިޑޭޓް ރީހާން އަށް އެ ގޮޑި ޔަގީންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު