އެހެން ގައުމުތަކުން ކޯވިޑް-19ގެ ވެކްސިން ޖަހައިގެން ރާއްޖެއަށް އަންނަ މީހުން ކަރަންޓީނުވުން ލުއިކުރުމަށް އަދި ނިންމާފައި ނުވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖަހައިގެން އަންނަ މީހުންނަށް ކަރަންޓީންވުމުގައި ލުއި ދެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަމުގައި އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ޑރ.ނަޒުލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ނުވަތަ އެ ނޫން ވެސް ކަމާބެހޭ މުއައްސަސާއަކުން އެކަހަލަ އުސޫލެއް އަދި އެކުލަވާލާފައެއް ނުވެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންތައް އެޕްރޫވްވެ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު އިތުރަށް ކަންކަން ނިންމަމުންދާނެ ކަމަށެވެ. އަދި އެމައުލޫމާތު ނުލިބެނީސް ކަރަންޓީންވުމާ ގުޅޭ ގޮތުން އިތުރު ލުއެއް ނުދެވޭނެކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ޖަހާ މީހުން ދަތުރުފަތުރު ކުރުމުގައި ލުއި ތަކެއް ދޭން އަދި ރަސްމީކޮށް ހަމަޖެހިފައި ނެތް ނަމަވެސް ކޮވިޑް ވެކްސިން ޖަހާ މީހުން ދަތުރުކުރާއިރު ބޭނުންކުރާނެ ވަކި ޕާސްޕޯޓެއް ބޭނުން ކުރުމަށް ބައެއް ގައުމުތަކުން ވަނީ މަޝްވަރާ ކޮށްފައެވެ.
ދުނިޔޭގެ މުއްސަނދި ބޮޑެތި ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. ނަމަވެސް ރާއްޖެ ފަދަ ކުދި، ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކަށް ވެކްސިން ލިބޭ ގޮތެއް އަދި ނުވެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގިނަ އަދަދަކަށް ވެކްސިން ގަނެ ވެކްސިންގެ ސްޓްކް ކޮންޓްރޯލް ކުރަމުން ގެންދާ މައްސަލަ ބޮޑުވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު