ލ. އަތޮޅު ލިންކް ރޯޑް
ލ. އަތޮޅު ލިންކް ރޯޑް
ހައްދުންމަތީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި މާލިއްޔަތު ޤަވައިދާ ޚިލާފުވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

2018 ވަނަ އަހަރުގެ ޖެންޑަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައި ވާ ގޮތުގައި ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގައި ބޮޑު އަދަދަކުން ފައިސާ ނަގާ މާލިއްޔަތު ޤަވައިދާ ޚިލާފުވެފައި ވެއެވެ. އެގޮތުން މި މަސައްކަތް 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި ބުނީ އެހެންނަމަވެސް، މަސައްކަތުގެ އަގު ބޮޑުކަމަށްބުނެ، މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންޓްރެކްޓް ބާތިލްކުރަން އެންގުމުން ޖަނަވަރީ 2017ގައި އެ އެއްބަސްވުން ބާތިލުކޮށް، ހަމަ އެ އަހަރު އަނެއްކާވެސް މާލިއްޔަތު ޤަވައިދާ ޚިލާފަށް އެމަސައްކަތް ދިހަ މިލިއަން ހަތަރު ސަތޭކަ ސާޅީސް އެއް ހާސް ފަސް ސަތޭކަ ނުވަދިހަ އަށް ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައި ވާ ކަމަށެވެ.

ސިފައިންގެ ވެލްފެއަރ ކޮމްޕެނީއަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިޔަތު ޤަވައިދާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވަނީ، މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ އަގުބޮޑުކޮށް ހަވާލުކޮށްފައިވާތީ އެވެ.

މީގެ އިތުރުން، ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތަކަށް އެޑްވާންސް ފައިސާ ދީފައިވާއިރު، މަސައްކަތުގެ ޕްރޮގްރެސިވް ޕޭމަންޓުން އެޑްވާންސް ފައިސާއާއި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަމަށްވެސް ރިޕޯޓުން އެނގެއެވެ. މިއީ އެނގިހުރެ ދައުލަތަށް ގެއްލުންވާ ގޮަތަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ، މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން އިޢުލާނު ނުކޮށް އެއް ލައްކަ އޮނަތިރީސް ހާސް ދުއިސައްތަ ސަތާރަ ރުފިޔާގެ ތަކެތި ގަނެފައިވައިވާ މައްސަލައެއް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ލިބުނުކަން ކަށަވަރުނުކޮށް ޚިދުމަތާ ތަކެއްޗަށް ފައިސާ ދައްކާފައިވުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވާކަން ވެސް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން