ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ކޯވިޑް-19 ފެތުރި އުފެދިފައިވާ ބޮޑެތި ކްލަސްޓަރތަކުގެ ތެރެއިން ދެއްވަދޫ ކްލަސްޓަރ އިން 64 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ދެއްވަދޫ ކްލަސްޓަރ އިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ ކުރިން ޕޮޒިޓިވްވި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދާންދޫ ދަރިވަރާއި ރޫމް ޝެއަރކުރާ އެސްކޫލްގެ ދަރިވަރެކެވެ. ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާ ދަރިވަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އެ ސްކޫލް ވަނީ ބަންދުކޮށްފައެވެ. ދެއްވަދޫން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީގައި ހިމެނޭ ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ވަނީ ނިންމާފައެވެ. އެ ދެމީހުންނަކީވެސް ޢުމުރުން 70 އަހަރުން މަތީގެ ދެމީހުންނެވެ.

ދެއްވަދޫ ކްލާސްޓާއާ ގުޅިގެން 23 ޑިސެމްބަރުން ފެށިގެން މިހާތަނަށް 64 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ދެއްވަދޫއިން 54 މީހުން، ލ. ފޮނަދޫގައި 4 މީހުން އަދި ގއ. ދާންދޫއިން ދެ މީހުންނާއި، ގއ. ވިލިގިލިން ދެކުދިންނާއި، ހުޅުމާލެއިން ދެ މީހުންނެވެ.

ދެއްވަދޫ ކްލަސްޓަރ އާއި ގުޅިގެން މިހާތަަނަށް ވަނީ 750 ސާޕަލެއް ނަގާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް ފާހަގަކުރެވުނުއިރު އޭގެ ތެރެއިން 101 މީހުންނަކީ ހައިރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

ދެއްވަދޫގެ ކްލަސްޓާއާއި ގުޅިގެން މިއަދު ވިލިނގިލިން ކޮވިޑް ކޭސްއެއް އަނެއްކާވެސް ފެނިފައިވާއިރު އެޗްޕީއޭ އިން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކުރުކޮށްފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް އަންގައިދިނުން އެދިފަ އެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީނުގައި ތިބުމަށް އެދިފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެއްވަދޫން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވާއިރު، އެޗްޕީއޭ އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދެއްވަދޫއަށް ދަތުރުކުރި މީހުން ކަރަންޓީނުވުމަށް އަންގާފަ އެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ފަހުން އެރަށަށް ދިޔަ މީހުން ހޯދަން ވެސް އެޗްޕީއޭ އިން އާންމުކުރި އެވެ. މީގެ އިތުރުން އެ ކްލަސްޓަރ އާއި ގުޅިގެން ގއ. ވިލިނގިއްޔާއި، ދާންދޫ މޮނިޓަރިންގެ ޙާލަތުގައި އޮތްއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކެއްގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން